ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވަގުތީ ޖަރނަލިސްޓް

މަޤާމް :ވަގުތީ ޖަރނަލިސްޓް
ބޭނުންވާ އަދަދު :5

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ވަގުތީ ޖަރނަލިސްޓް

ބޭނުންވާ ޢަދަދު:

05

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއާރޒް

ވަޒީފާގެ ބާވަތް

ވަގުތީ  - (6  މަސް ދުވަސް)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އެލަވަންސް

  • ވަޒީފާއަށް ނިކުންނަ ދުވަހަކަށް ތިރީގައިވާގޮތަށް ފައިސާ ދެވޭނެއެވެ.

- ކެޓަގަރީ "އޭ"

-     ދުވަހަކަށް -/475 ރުފިޔާ

-     މަހަކަށް  -/12,350 ރުފިޔާ

- ކެޓަގަރީ "ބީ"

-     ދުވަހަކަށް -/300 ރުފިޔާ

-     މަހަކަށް  -/7,800 ރުފިޔާ

- ކެޓަގަރީ "ސީ"

-    ދުވަހަކަށް -/250 ރުފިޔާ

-    މަހަކަށް  -/6,500 ރުފިޔާ

މަޤާމުގެ ޝަރުތު:

  • ކެޓަގަރީ "އޭ"

-      ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން 5 އަހަރު ހިދުމަތް ކޮށްފައިވުމާއެކު ނޫސްވެރިކަމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކޮށްފައިވުން.

  • ކެޓަގަރީ "ބީ"

-     އޯލެވެލް އަދި އެސްއެސްއީ އިމްތިހާނުގެ ދިވެހި މާއްދާ ހިމެނޭގޮތުން މަދުވެގެން 2 މާއްދާއިން ފާސްވެފައި ވުމާއެކު، ދިވެހި ބަހުގެ ހަމަތަކާއެކު ރަގަޅަށް ލިޔަން އެނގުމާއެކު، މީޑީއާގެ ދާއިރާއަށް ޝައުގުވެރިކަން ހުރުން.

  • ކެޓަގަރީ "ސީ"

-      ގްރޭޑް 10 އެއް ނިމިފައިވުން، ނުވަތަ އޯލެވެލް ހަދާފައިވުމާއެކު، ދިވެހި ބަހުން ރަނގަޅަށް ލިޔަން އެނގުމާއެކު، މީޑިއާގެ ދާއިރާއަށް ޝައުގުވެރިކަން ހުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރިޔާސީ އިންތިޚާބު 2023 ގެ މަސައްކަތުގެ ޚަބަރާއި ރިޕޯރޓް ހަދާ ހުށަހެޅުމާއި، އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން.
  • ޚަބަރާއި ގުޅޭ މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން.
  • ސްކްރިޕްޓްތައް ޓްރާންސްލޭޓްކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް).
  • ނިއުސް އިވެންޓްތައް ކަވަރ ކުރަން މާލެއާއި، މާލެއިން ބޭރުގައި ޙަރަކާތްތެރިވުން.  
  • މީގެ އިތުރުންވެސް ދިމާވާ ހާލަތަކާއި އަދި ޚާއްސަ ހާލަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

-         އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

-          އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

-           ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 16 ޖުލައި 2023 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000364 3000207 ,  އާއި ގުޅުއްވުން އެދެމެވެ.

 

21 ޛުލްޙިއްޖާ 1444

10 ޖުލައި 2023
ހޯދާ