މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޤާއިމްކުރެވިފައިވާ ޕްލެޓްފޯމް "ވަންގަވް" މެދުވެރިކޮށް މިމިނިސްޓްރީގެ ބައެއް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާތީ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންގުން

ސަރުކާރުންދޭ ޚިދުމަތްތައް ފަސޭހަކަމާއެކު، ޑިޖިޓަލީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރެވިފައިވާ ޕްލެޓްފޯމް "ވަންގަވް" 10 ޖުލައި 2023 ވާ ހޯމަ ދުވަހު ލޯންޗްކުރުމަށްވަނީ ކަނޑައެޅިފައެވެ. އެހެންކަމުން މި އިދާރާއިން ދެމުންގެންދާ ތިރީގައިވާ ޚިދުމަތްތައް 11 ޖުލައި 2023 އިން ފެށިގެން ދެމުންގެންދާނީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށްކަމުގައި ދަންނަވަމެވެ.

1

ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތައް ރަޖިސްޓަރީކުރުން

Contractor Registration

2

ޕްރޮޖެކްޓް ލައިސަންސް ދޫކުރުން

Project license

3

ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުން – އާންމު ފަންނުވެރިން

Construction Industry General Practitioner Registration

4

ޢިމާރާތް ކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމްޢިއްޔާ ރަޖިސްޓަރީކުރުން

Construction Industry Technical Association Registration

5

ޢިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެތި ޓެސްޓްކުރާތަންތަން ރަޖިސްޓަރީކުރުން

Material Testing Laboratory Registration

6

ކޮންސަލްޓަންޓް ރަޖިސްޓްރޭޝަން

Construction Industry Consultant Registration

7

ދިވެހިރާއްޖެއަށް އެތެރެކުރާ ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗަށް ހުއްދަދޫކުރުން

Import Material Quality Approval

8

ބާވަތް 1 ޢިމާރާތުގެ ފައުންޑޭޝަން ސިސްޓަމް ފާސްކޮށް ހުއްދަދޫކުރުން

Foundation System Approval

9

އިސްތިއުނާފަށް އެދި ހުށަހެޅުން

Case Submission to Appeals Committee

10

ޢިމާރާތްކުރުމާއި ގުޅޭ މައްސަލަތައް ހުށަހެޅުން

Report Construction Issues

 

11

ދިރިއުޅުމަށް ހަދާ ޢިމާރާތްތަކަށް ޑިވެލޮޕްމަންޓް ކޮންޓްރޯލް އަދި ކޮންސެޕްޓް އެޕްރޫވަލް ހުއްދަދޫކުރުން

Development Control and Concept Approval of Residential Plots

 

12

ދިވެހިރާއްޖޭގައި އުފައްދާ ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗަށް ހުއްދަދޫކުރުން

Produced Material Quality Approval

 

13

ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުން – ޗެކަރސް

Construction Industry Checker Registration

 

14

ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުން – ލައިސަންސްޑް އާކިޓެކްޓް / ލައިސަންސްޑް އިންޖިނިއަރ

Construction Industry Licensed Architect / Licensed Engineer Registration

 

15

ޢިމާރާތްކުރުމުގެ ދާއިރާގެ ފަންނުވެރިން ރަޖިސްޓަރީކުރުން – ބިލްޑިންގ އިންސްޕެކްޓަރސް

Building Inspector Registration

 

 

"ވަންގަވް" އިން ޚިދުމަތް ހޯދުމަށް އެދި ހުށަހެޅޭނީ one.gov.mv އަށް ޒިޔާރަތްކުރެއްވުމަށްފަހު، އީފާސް އިން ލޮގިންކުރައްވައިގެން ކަމުގައި ދަންނަވަމެވެ. އީފާސް އެކައުންޓް އެކްޓިވޭޓް ކުރައްވާފައިނުވާ ފަރާތެއްނަމަ ނޭޝަނަލް ސެންޓަރ ފޯރ އިންފޯމޭޝަން ޓެކްނޮލޮޖީގެ efaas.egov.mv   އަށް ޒިޔާރަތްކުރައްވާ އީފާސް ރަޖިސްޓަރީކުރެއްވުން އެދެމެވެ.

ވީމާ، އިސްވެ ދެންނެވުނު ޚިދުމަތްތައް ހޯދުމަށް އެދި ހުށަހަޅުއްވާ އެންމެހާ ފަރާތްތަކަށް އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. "ވަންގަވް" އިން ޚިދުމަތްތައް ހޯދުމުގައި އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި ވަންގަވް ސަޕޯޓް ނަމްބަރ 1500 އާއި ގުޅުއްވުން އެދެމެވެ.

09 ޖުލައި 2023
ހޯދާ