މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ޖުލައި މަހު ބާއްވާ ބައްދަލުވުމުގެ ދައުވަތު

ނަންބަރު: (IUL)316/316/2023/69     

އިޢުލާން

ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ޖުލައި މަހު ބާއްވާ ބައްދަލުވުމުގެ ދައުވަތު

 

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ  107 ވަނަ  މާއްދާގައި ބަޔާންކުރާ

ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން 2023 ޖުލައި 14 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި، ކުރީގެ ހިދާޔާ ޕްރީސްކޫލްގައި އޮންނާނެއެވެ.

 

މިބައްދަލުވުމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންކަން

  1. 2023 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓް ހުށަހެޅުން.
  2. ކައުންސިލުން 2023 ވަނަ އަހަރު ކުރިއަށް ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމަތު ހިއްސާކުރުން.
  3. ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލުން.

 

ވީމާ އެންމެހާ ރައްޔިތުންނަށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު އަރުވަމެވެ.

އަދި ދަންނަވަމެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓު އާންމުކޮށް

ފެންނާނެހެން ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ޤުރޫޕްގައާއި ކައުންސިލްގެ އިދާރާގައި ބެހެއްޓިފައި ހުރި ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޛުލްހިއްޖާ 1444ހ.

9 ޖުލައި 2023މ.

09 ޖުލައި 2023
ހޯދާ