ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ކުރެންދޫ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ މުވައްޒަފަކު ހޯދުން
މަޤާމް:
މަސައްކަތު (ވަގުތީ)
މަސައްކަތް ކުރަންޖެހޭ ތަން
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ސެކްޝަން:
ހިއުމަންރިސޯސް ސެކްޝަން
އެލަވަންސް:
މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 38.89 ރުފިޔާ
ބޭނުންވާ ޢަދަދު:
01 (އެކެއް)
އަސާސީ ޝަރުތު:
1- ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ
2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކާއިއެއް ފެންވަރުގެ މަޤާމެއްގައި، މަސައްކަތް ކުރަމުންދާ
މީހެއްކަމުގައިވުން.
މަޤާމުގެ މަސްޢޫލިއްޔަތު:
- · ކުރެންދޫ ބަނދަރާއި ރަށްވަށައިގެން ހިމެނޭ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކުރުން
- · ކައުންސިލް އިދާރާއިން ހިންގާ މުހިއްމު މުނާސަބަތުތަކާއި ގުޅިގެން ސާފުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން
- · ކުރެންދޫ ކައުންސިލް އިދަރާ އިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގުރާމްތަކުގައި އެހީތެރިވެދިނުން
- · ރަށުގެ އެކިއެކި ތަންތަނަށް ކުނިފާޑުގެ އެއްވެސް އެއްޗެއް އުކާނަމަ އެކަން ހުއްޓުވާ އިދާރާގެ ވެރިއަކަށް އެންގުން.
- · ސަރުކާރުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 10:00 ރަސްމީ ކުނިކެހުމުގެ މަސައްކަތް ކުރުން
- · ޙާއްސަ މުނާސަބަތުތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- · އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ބިންތައް ކުނިކަހާ ވިނަނޮޅާ ސާފުކުރުން
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
1- މިފަދަ ވަޒީފާ އެއްގައި އުޅެތަޖުރިބާ ލިބިފައިވުން
2- ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން
3- ކުނިކެހުމުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަންހުރި މީހެއްކަމުގައިވުން
އިންޓރަވިއު މިމަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނަ ތާރީޚެއް މިއިދާރާ އިން އަންގާނެ ވާހަކަ ދަންނަވަމެވެ.
- · އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 12 ޖުލައި 2023 ވާ (ބުދަ) ދުވަހުގެ 13:00 ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
- · ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.
2- ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް،
އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް
5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ، 6620450،662460 ފޯނާއެވެ. އީމެއިލް އެޑްރެހަކީ[email protected] : އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.