ދިވެހިރާއްޖެ
ލ. ކުޑަފެންރަހާ (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)240-PMD/240/2023/07 (15 ޖަނަވަރީ 2023) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމުތައް ފުރިހަމަ ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
# |
ރަށް |
ބިޑު ހުށަހެޅުމާއި ބިޑު ކެނޑުން |
01 |
ލ. ކުޑަފެންރަހާ (ކުޑަފެންހުރާ) (މާވަށް ފަޅުތެރެ) |
18 ޖުލައި 2023، އަންގާރަ ދުވަހުގެ 11:00 |
ވީމާ ލ. ކުޑަފެންރަހާ (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ކުލި ބަޔާން ކުރުމާއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައިގެން 18 ޖުލައި 2023 ވާ އަންގާރަ ދުވަހު 11:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713 ފޯނާއި ގުޅުއްވުން އެދެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ.