ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 ޖުލައި 2023 22:04 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ކޯޓް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ
ގދ.ހޯނޑެއްދޫ މެޖިސްޓްރޭޓްކޯޓް 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް އެކަށީގެންވާ ޢިމާރާތެއް ހޯދުމަށް 04 ޖުލައި 2023 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު Q2C-A/2023/9 އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓަށް ބަދަލުގެނެސްފައިވާތީ އެއިޢުލާން ބާޠިލްކޮށް، ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކޯޓަށް (ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ހުށަހަޅަންޖެހޭ އަންދާސީ ހިސާބު ހުށަހަޅާ ފޯމްއާއި އެހެނިހެން ލިޔުންތައް އިޢުލާނާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6840157 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.