ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު: 2011/17 ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ގެ ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ނަންބަރ:  IUL434-PRC/434/2023/144 (31 މެއި 2023) ޢިއުލާނުގައި ޓެސްޓް ކުރެވޭނެ މިންގަނޑުގެ އެސްޓިމޭޓަޑް އަދަދެއް ނުވަތަ މިންގަނޑެއް ދީފައިނުވާތީ އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުތައް ބިޑް ކޮމިޓީ އިން ބާޠިލް ކުރުމާއި ގުޅިގެން އެ އިޢުލާން ބާތިލްކޮށް، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު: 2011/17 ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ގެ ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކުރަމެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެގޭ ޔޫރިން ގެ ސެކަންޑް ސާމްޕަލް ޓެސްޓްކުރުމުގެ ޚިދުމަތް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 ޖުލައި 2023 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

16 ޖުލައި 2023

(އާދީއްތަ)

09:00 (ހެނދުނު)

ނޭޝަނަލް ޑްރަގް އޭޖެންސީގެ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 02 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ)

06 ޖުލައި 2023
ހޯދާ