ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Chinese Government Scholarship

Harbin Institute of Technology

Chinese Government Scholarship

ޔުނިވަރސިޓީ އިން އޮފަރ ކުރާ ކޯސްތަކުގެ ތެރެއިން ސްކިލް ޝޯޓޭޖް ލިސްޓުގައިވާ ދާއިރާއަކަށް (ޔުނިވަރސިޓީއިން އޮފަރ ކުރާ ކޯހުގެ ލިސްޓެއް އަދި ސްކިލް ޝޯޓޭޖް ލިސްޓް އިޢުލާނާއެކު އަޕްލޯޑް ކުރެވިފައިވާނެ)

ކޯހުގެ ދާއިރާ:

01 މާސްޓަރސް ޑިގްރީ

ކޯހުގެ ލެވެލް އަދި ޢަދަދު:

  • އެދޭ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.) އަދި
  • މިއިންސްޓިޓިއުޓުން އިނގިރޭސި މީޑިއަމުން ހިންގަވާ ކޯހަކަށް ކުރިމަތިލާ ފަރާތެއް ކަމުގައިވާނަމަ، އިންޓަރނެޓް ބޭސްޑް TOEFL އިން 550 ން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރޯލް ސްކޯރ މަދުވެގެން 5.5 ލިބިފައިވުން.  އަދި
  • ބެޗްލަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ، 11 ފެބުރުވަރީ 2015 ގެ ނިޔަލަށް 02 އަހަރު ފުރިހަމަވެފައިވުން. އަދި
  • 20 ފެބުރުވަރީ 2015 އަށް އުމުރުން 35 އަހަރުވެފައިނުވުން. އަދި
  • މަތީގައިވާ ޝަރުޠުތަކުގެ އިތުރުން ޔުނިވަރސިޓީގެ މަޢުލޫމާތު ކަރުދާހުގައިވާ ކެންޑިޑޭޓް ކުރިމަތިލާ ކޯހާ ގުޅޭ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ. މިޝަރުޠުތައް މިޑިޕާޓްމަންޓްގެ ވެބްސައިޓު (www.dhe.gov.mv) ގައި އަޕްލޯޑު ކުރެވިފައި ވާނެއެވެ.

ކޯހުގެ ޝަރުޠު:

  • މި ސްކޮލަރޝިޕްގެ ދަށުން (ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި މަންތްލީ ލިވިންގ އެލަވަންސް) ކޯސް އިންތިޒާމު ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. ރިޓާން އެއަރޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިޑިޕާޓްމަންޓްގެ ފަރާތުންނެވެ.
  • މިސްކޮލަރޝިޕްގެ ދަށުން  ޗައިނީޒް ބަހުން ކިޔަވައިދޭ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ޗައިނީޒް ބަސް ދަސްކުރުމަށް 1 އަހަރު ދުވަހުގެ ކޯހެއް ހަދަން ޖެހެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ (ޑިޕްލޮމާ އިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • އެކެންޑިޑޭޓަކު ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ޢާންމުކޮށް މިޑިޕާޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މިއިޢުލާނުގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާނުކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިއުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު http://en.hit.edu.cn/index.asp އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

  • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅުއްވާ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށްވާން ޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
  • 2 ރެފެރަންސް ލެޓަރ (އެކަޑަމިކް)
  • ސްޓަޑީ / ރިސާރޗް ޕްލޭން ( ވޯޑް ލިމިޓް : 800 )
  • ބެޗްލަރސް ޑިގްރީ ނިންމައި ދިވެހިރާއްޖެއަށް ޚިދުމަތްކުރާތާ 24 ފެބުރުވަރީ 2015 ގެ ނިޔަލަށް 2 އަހަރު ވެފައިވާކަން އަންގައިދިނުމުގެ ގޮތުން އެމީހަކު ވަޒީފާ އަދާކުރަމުންދާ ނުވަތަ ވަޒީފާ އަދާކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މިގޮތުން ގެނެވޭ ލިޔުންތަކުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި ނިމުނު ތާރީޚު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު މިކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • މިއިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 11 ފެބުރުވަރީ 2015 (ބުދަ) ދުވަހުގެ 14:30 ގެ ކުރިން މިޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯހަށް އެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 2ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341380 އިން ލިބިވަޑައިގަންނަވާނެއެވެ.

04 ފެބުރުވަރީ 2015
ހޯދާ