ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ދ.ކުޑަހުވަދޫ)

މިކޯޕަރޭޝަންގެ ދ.ކުޑަހުވަދޫ ޕްރޮޖެކްޓް ސައިޓުގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

މޭސަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3

އަސާސީ މުސާރަ:

މަހަކު -/4500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: -/1800ރ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ދ.ކުޑަހުވަދޫ ޕްރޮޖެކްޓް ސައިޓު.

ފެންވަރު ނުވަތަ ޝަރުތު:

- އަސާސީ ތައުލީމް ލިބިފައިވުމާއެކު އިމާރާތްކުރުމުގެ ދާއިރާއިން ތަޖުރިބާ އާއި ހުނަރު ލިބިފައިވުން.

- މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ސިއްހަތެއްގައި ހުރުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

- ރާނައި ސިމެންތި ޖެހުން.

- ޕްރޮޖެކްޓްގެ ޝެޑިއުލް އާއި އެއްގޮތްވާގޮތުގެ މަތިން ސިމެންތީގެ އެންމެހާ މަސައްކަތް ކުރުން.

- ޕްރޮޖެކެޓްގެ ސުޕަވައިޒަރު އަންގާ ޕްރޮޖެކްޓްގެ އެހެނިހެން މަސައްކަތް ކުރުން.

މަޤާމް:

ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

06 (ހައެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

ސަޕޯޓް ސްޓާފް - ގްރޭޑް 5

އަސާސީ މުސާރަ:

މަހަކު -/3500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- އެހެނިހެން އެލަވަންސް : -/4500 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ދ.ކުޑަހުވަދޫ ޕްރޮޖެކްޓް ސައިޓު

ފެންވަރު ނުވަތަ ޝަރުތު:

- ޞިއްޙަތު ރަނގަޅު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން.

މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން.

ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން.

މަސައްކަތްކުރާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

- ޕްރޮޖެކްޓް ސުޕަވައިޒަރު ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖުލައި މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                               18 ޛުލްޙިއްޖާ 1444
06 ޖުލައި 2023
ހޯދާ