މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. މާފުށީގެ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތިން، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ސަރަހައްދުން އަލަށް ހިއްކުނު ބިމާއި، ރަށުގެ ހުސްބިންތަކުގެ މަގުތަކާއި ބްލޮކްތައް ސާރވޭކުރުމާއި، އިންވަކިކޮށްދޭނެ ފަރާތެއް ހޯދުން

ނަމްބަރ: 337/337/2023/61(IUL)

އިޢުލާން

 

ކ. މާފުށީގެ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތިން، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ސަރަހައްދުން އަލަށް ހިއްކުނު ބިމާއި، ރަށުގެ ހުސްބިންތަކުގެ މަގުތަކާއި ބްލޮކްތައް ސާރވޭކުރުމާއި، އިންވަކިކޮށްދޭނެ ފަރާތެއް ހޯދުން

 

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކ. މާފުށީގެ ލޭންޑް ޔޫސް ޕްލޭންއާއި އެއްގޮތްވާގޮތުގެ މަތިން، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ސަރަހައްދުން އަލަށް ހިއްކުނު ބިމާއި، ރަށުގެ ހުސްބިންތަކުގެ މަގުތަކާއި ބްލޮކްތައް ސާރވޭކުރުމާއި އިންވަކިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، އެއް އަހަރު ދުވަހުގެ މުއްދަތައް މި މަޝްރޫޢުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް ބީލަން ރަޖިސްޓްރީ ކުރުމާއި، މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ނަން ނޯޓްކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

 

ބީލަން ރަޖިސްޓްރީ ކުރުން:

 16 ޖުލައި 2023 ވަނަ ދުވަހުގެ 12:00 ގެކުރިން

މަޢުލޫމާތު ސާފުކުރުން:

10 ޖުލައި 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހެޅުން:

16 ޖުލައި 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

06 ޖުލައި 2023

06 ޖުލައި 2023
ހޯދާ