މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024-2023 ވަނަ ދިރާސީ އަހަރު ޕްރީސްކޫލްގެ ނާސަރީ ކްލާހަށް ކުދިން ވެއްދުމާ ގުޅޭ

2024-2023 ވަނަ ދިރާސީ އަހަރު ކައުންސިލުން ހިންގަމުން އަންނަ ޑީ ޕްރީސްކޫލްގެ ނާސަރީ ކްލާހަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ. ޕްރީ ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ.

ގްރޭޑް

2024-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

ނާސަރީ

2023 ޖުލައި 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ދަރިވަރުން

 

ވީމާ، ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖުލައި 09 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޖުލައި 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:00 އަށް ދޮންފަނު ކައުންސިލްގެ އިދާރާއިންނެވެ. އަދި އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖުލައި 2023
ހޯދާ