މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މަޑުއްވަރީ މަސްމާރުކޭޓް ކުއްޔަށް ދޫކުރުމާ ގުޅޭ

އިޢުލާނު

މ.މަޑުއްވަރީ މަސްމާރުކޭޓުގެ ފިހާރަ ކުރިއަށް އޮތް 5 އަހަރަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 369/IUL/2015/04 ގެ އިޢުލާނާ ގުޅިގެން މަސްމާރުކޭޓު ފިހާރަ ކުއްޔަށް ނެގިފަރާތުން އެތަން ދޫކޮށްލުމުން އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރަމެވެ.

މ. މަޑުއްވަރީ މަސްމާރުކޭޓު ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރަން ދުރުވާއިރުގައާއި، އަންދާސީހިސާބު ހުށަހަޅަން ދުރުވާ ފަރާތާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ ނޫނީ މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަން ވާނެއެވެ.

މާކުސް ދިނުމުގައި އަންދާސީހިސާބުތައް އިވެލުއޭޓު ކުރާ ކޮމިޓީން ބަލާނެ މިންގަނޑު

  1. ހުށަހެޅިފައިވާ އަގު.
  2. މާލީ ޤާބިލްކަން
  3. ފަންނީ ގޮތުން ޤާބިލްކަން ހުރި މިންވަރު.
  4. ތަޖުރިބާ

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

13 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015
ހޯދާ