ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
13 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2015

13 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 15 މާރިޗު 2015 ގައި ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވުމާއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކާއި ސްކޫލްތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުއްވުމަށްފަހު ސްކޫލް މެދުވެރިކޮން 01 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ދިދަ، މުބާރާތް ކުޅޭ ސަރަހައްދުގައި ބެހެއްޓުމަށްޓަކައި ބޭނުންވާ ވާހަކަ ދަންނަވަމެވެ.

މުބާރާތުގައި ބައިވެރި ވުމުގެ ފޯމު މިއެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ޑައުންލޯޑް ކުރަން ލިބިވަޑައިގަންނަވާނެއެވެ.

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

9 އަހަރުންދަށް، (ސިންގަލްސް)

12 އަހަރުންދަށް، (ސިންގަލްސް)

14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

މުބާރާތުގެ ޓީމު އިވެންޓްގެ އުމުރުފުރާތައް:

14 އަހަރުންދަށް، (އަންހެން / ފިރިހެން)

16 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

03 ފެބުރުވަރީ 2015
ހޯދާ