ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 3 (ތިނެއް)              

ރޭންކް: ޖީ. އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނަޑެއްލާ ސްކޫލް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ގދ. ނަޑެއްލާ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން (އިދާރީ ބައިގައި)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީސް ހުޅުވުން.
  2. ހާޒިރީ ބެލެހެއްޓުން.
  3. ޔައުމިއްޔާ ތައްޔާރުކުރުން.
  4. ސްޓޮކް ބެލެހެއްޓުން.
  5. ރިކޮންސިލިއޭޓް ސްޓޭޓްމެންޓް ތައްޔާރުކުރުމާއި، ބިލްތަކަށް ފައިސާ ހަވާލުކުރުމާއި، އެންޓްރީކުރުމާއި  ޗެކު ހަވާލުކުރުން.
  6. ފައިސާގެ ބިލްތަކާއި ލިޔެކިޔުންތައް އެންޓްރީކުރުން.
  7. އިންވެންޓްރީ ބެލެހެއްޓުން.
  8. ހަވާލުކުރެވިފައިވާ މުއްޒަފުންގެ މަސައްކަތްތައް ބަލައި އެޕްރައިޒްކުރުން.
  9. މުވައްޒަފުންގެ ޗުއްޓީގެ ކަންކަން ބެލެހެއްޓުން.
  10. ޓެކްސްޓް ފޮތާއި ވައުޗަރު ދޫކުރުން.
  11. މުވައްޒަފުންގެ ޕާސަނަލް ފައިލާއި، ދަރިވަރުންގެ ފައިލާއި، ހުރިހާ ޓާމެއްގެ މާކްސް ޝީޓާއި، ޕްރައިޒް ލިސްޓް ބެލެހެއްޓުން.
  12. ސިޓީ ބަލައިގަތުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  13. ބަދަލު އިންތިޒާމް ހަމަޖެއްސުން.
  14. އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި ސުކޫލަށް އެހީތެރިވެދިނުން.

ޝަރުޠު:                        

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމީ ޤާބިލުކަން.

- ތަޖުރިބާ ހުރި މިންވަރު.           

އިންޓަވިއުކުރުން:

ހ. ޢިއުލާނުގެ މުއްދަތު ހަމަވާތާ ފަސްދުވަހުގެ ތެރޭގައި އިންޓަރވިއުކުރުން ނަޑެއްލާ ސްކޫލުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނަޑެއްލާ ސްކޫލް އޮފީހުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު http://www.csc.gov.mv/category/forms ން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނަޑެއްލާ ސްކޫލް އޮފީހަށް ( ރަސްމީ ކޮންމެ ދުވަހެއްގެ 8:30 އިން 15:00 އަށް)

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 15 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ މެންދުރު 15:00 ގެ ކުރިން.

ނޯޓް:  

މި މަޤާމަށް ކުރިމަތިލެވޭނީ، މީލާދި ތާރީޚުން އުމުރުން 18 އަހަރު ފުރި، 55 އަހަރު ނުފުރޭ މީހުންނަށެވެ. މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނަޑެއްލާ ސްކޫލް އޮފީހުގެ ނަންބަރު 6840064 ފޯނަށާއި، ނަންބަރު 7907911 ފޯނަށް ގުޅުން އެދެމެވެ.

 13 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015
ހޯދާ