ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/IT/2015/015 |
ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު.
މިކޯޕަރޭޝަނަށް 1 (އެކެއް) ފަޔަވޯލް ގަންނަން ބޭނުންވެގެން ކުރެވުނު މިކޯޕަރޭޝަންގެ ނަންބަރު MBC-F/IU/2014/136އިޢުލާނާ ގުޅިގެން ހުށަހެޅި ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އަލުން ބިޑް ހުށަހެޅުމަށް 2 ވަނަ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކޯޕަރޭޝަނަށް ފަޔަވޯލް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ފެބުރުވަރީ 2015 ހޯމަ ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ފެބުރުވަރީ 2015 ބުދަ ދުވަހުގެ 11:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއްނުގަނެވޭނެއެވެ.
13 ރަބީޢުލްއާޚިރު 1436