ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:        އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:   1 (އެކެއް)                  

ރޭންކް:       ޖީ.އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މުސާރަ:     -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނޮޅިވަރަމް ސުކޫލް / ހދ. ނޮޅިވަރަން

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:  އެޑްމިން ސެކްޝަން، ނޮޅިވަރަމް ސުކޫލް

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން، ފޯނު އެލަވަންސާއި، ޓެނުއަރޝިޕް އެލަވަންސް ލިބޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފައިސާގެ އެންމެހައި ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.

2- ސުކޫލަށް ހޯދަންޖެހޭ ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހައި ރެކޯޑުތައް ބެލެހެއްޓުން. 

3- އިތުރުގަޑީގެ ރިޕޯޓާއި، ގަޑިޖެހުނު މީހުންގެ ރިޕޯޓާއި، ހާޒިރީ ރިޕޯޓު ހެދުން.

4- މާލީ ހިސާބުތައް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް މާލީ ހިސާބުތައް ނިންމައި، ފޮނުވަންޖެހޭ ހިސާބުތަކާ ރިޕޯޓްތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި، ލިބުނުކަން ކަށަވަރުކުރުމާއި، ލިޔެކިޔުން ފައިލުކޮށް ބެލެހެއްޓުން.

5- ސިޓީއާއި މެސެޖް ބަލައިގަނެ އެންޓަރކުރުމާއި، ލިޔުމާއި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި، އެ ތަންތަނަށް ލިބުނުކަން ކަށަވަރުކުރުމާއި، އެކަން އެނގޭގޮތަށް ރިކޯޑު ބަލަހައްޓައި، އެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލުކޮށް ބެލެހެއްޓުން.

6- ސުކޫލުގައި ހިމެނޭ އެންމެހައި ތަކެތީގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިޔުމަށްޓަކައި ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައިގެން ނީލަންކިޔުމުގެ އެންމެހައި ކަންކަންކުރުން.

7- ސްކޫލުގެ ފަރާތުން މެހްމާނުންނަށް އަދާކުރަންޖެހޭ މެހްމާންދާރީގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުމާއި، އެކަމަޑޭޝަން ހަމަޖެއްސުމުގައި ސްކޫލުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓީޗަރުން ފުރުވައިލުމާއި، އެނބުރި އަންނަ ދުވަސްވަރު އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

8- އިދާރީ މަސައްކަތް ކުރާ މުވައްޒަފުން ޗުއްޓީގައި ތިބޭ ދުވަސްވަރު އިދާރީގޮތުން ބެލެހެއްޓުމަށް ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

9- ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ތައްޔާރުކޮށް، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ހަވާލުކުރުން.

10- ޔައުމިއްޔާ ލިޔެ ސޮއިކުރުވުން.

11- ސްކޫލުން ބާއްވާ މީޓިންގތަކަށް އެންގުން.

12- ސްކޫލުގެ މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

13- ދަރިވަރުންގެ ރަޖިސްޓަރީ ގަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

14- މުވައްޒަފުންގެ ޗުއްޓީ ޗިޓު ތައްޔާރުކޮށް، ޗުއްޓީއަށް ދިއުމުގެ ކުރިން މުވައްޒަފާ ހަވާލުކުރުން.

15- ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ޝަރުޠު:                     

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2015 ފެބުރުވަރީ 16 ން 18 އާދެމެދު ތާރީޚެއްގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސްކޫލު އޮފީހުން އަދި ސިވިލް ސާވިސްގެ ސައިޓް www.csc.gov.mv) އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހދ.ނޮޅިވަރަމް ސުކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2015 ފެބުރުވަރީ 12 ވާ ހޯމަ ދުވަހުގެ 14:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސުކޫލް (ނޮޅިވަރަމް ސުކޫލް) ގެ ނަންބަރު 6520555 ފޯނަށް ގުޅުއްވުން އެދެމެވެ.

03 ފެބުރުވަރީ 2015
ހޯދާ