މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށް ރަމްޒުކޮށްދޭ މޮނިޔުމަންޓް ބެހެއްޓުމުގެ މަސައްކަތް

c                  

 

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

   (IUL)313-MI/313/2023/53 ނަންބަރު                            

  އިޢުލާން  

ބަނދަރު ސަރަހައްދުގައި ޤާއިމުކުރުމަށް ފަރުމާކޮށްފައިވާ، ރަށް ރަމްޒުކޮށްދޭ މޮނިޔުމަންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

 ބީލަން ހުށަހެޅުމުގެ ދައުވަތު  

   ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަށުގެ ނަން ފެންނަގޮތަށް ބަނދަރު ސަރަހައްދުގައި ޤާއިމުކުރުމަށް ފަރުމާކޮށްފައިވާ، މޮނިއުމަންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)313-MI/313/2023/40 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ކައުންސިލުންދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ ފޯން، އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްފަހު ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

 2023 ޖުލައި 03 އިން  2023 ޖުލައި 09 ވަނަ ދުވަހުގެ 10:00 އަށް،

ޕްރީ ބިޑް މީޓިންގ:

 2023 ޖުލައި 09 ވަނަދުވަހުގެ 00:11 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

2023 ޖުލައި 25 ވަނަދުވަހުގެ 10:00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި،

 

 

 

 

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ނުވާ ވިޔަފާރިތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން،  އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.   

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ

ފޯން ނަންބަރ :   4000079

އީމެއިލް  : [email protected]

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   15    ޛުލްޙިއްޖާ     1444

                   03    ޖުލައި       2023

 

 

03 ޖުލައި 2023
ހޯދާ