ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޯނޑެއްދޫ ކައުންސިލް 1 ވަނަ ޤުރުއާން މުބާރާތް 2023 ގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން؛
މިއިދާރާގެ ނަންބަރު (IUL)417-SED/417/2023/51 (22 މެއި 2023) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ގދ.ހޯނޑެއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން 2023 އޯގަސްޓް 02 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގދ.ހޯނޑެއްދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 2023 ޖުލައި 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް މިއިދާރާގެ ކައުންޓަރުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން މިއިޢުލާނާއެކު ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޖުލައި 2023
ހޯދާ