ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

  ނަންބަރު :GS-190/2023/09 

އިޢުލާނު

 

 

އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

 

   މިސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއެވެ. އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 06 ޖުލައި 2023 އިން 12 ޖުލައި 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 12:00 އަށް މިސްކޫލްގެ އީމެއިލް ([email protected]) މެދުވެރިކޮށް ނުވަތަ ލިޔުމަކުން މިސްކޫލަށް ހުށަހަޅާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާއިރު ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:

2. ގުޅޭނެ މޯބައިލް ނަމްބަރު:

3. ވިޔަފާރި ރަޖިސްޓަރ ނަމްބަރ.

4. އީމެއިލް އެޑްރެސް

މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 ޖުލައި 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިސްކޫލަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ބަލައިގަތުން

ތާރީޚް: 13 ޖުލައި 2023

ތާރީޚް: 23 ޖުލައި 2023

ގަޑި: 10:30

ގަޑި: 10:30

ތަން: ދަނބިދޫ ސްކޫލް

ތަން: ދަނބިދޫ ސްކޫލް

  

     

 

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު  ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.

    މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަންބަރު 6800740 ށް ގުޅުއްވުމަށް ދަންނަވަމެވެ.

05 ޖުލައި 2023

05 ޖުލައި 2023
ހޯދާ