ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް

ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ؛

2015 ޖަނަވަރީ 22ގައި މި ސުކޫލުން އިޢުލާންކުރި، ނަންބަރު GS52/IUL/2015/04 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ މިދެންނެވި އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ސުކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި ބަޔާންކުރެވިފައިވާ ފަރުނީޗަރ މި ސުކޫލަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް މި ސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800012 ގުޅުއްވުމަށް ދަންނަވަމެވެ.

ގަންނަން ބޭނުންވާ ތަކެތި؛

100 ޑެސްކް (ޕްރައިމަރީ)

100 ގޮނޑި (ޕްރައިމަރީ)

60 ޑެސްކް (ސެކަންޑަރީ)

03 ފެބުރުވަރީ 2015
ހޯދާ