ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމިނިސްޓްރީއަށް ތިރީގައި މިދަންނަވާ މެޝިނަރީ ގަތުމަށް ބޭނުންވެއްޖެއެވެ.
01 އިންކްޖެޓް ޕްރިންޓަރ
02 ލޭޒަރޖެޓް ޕްރިންޓަރ
02 ސްކޭނަރ
01 މަލްޓިމީޑިއާ ޕްރޮޖެކްޓަރ
02 ފޮޓޯކޮޕީމެޝިން
ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
09 ފެބުރުއަރީ 2015 (ހޯމަ) ދުވަހުގެ 13:00 އަށް |
12 ފެބުރުވަރީ 2015 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
14 ރަބީޢުލްއާޚިރު 1436