ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމުގެ ބިލެތްމީރުކޮށްލެއްވުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމުގެ ބިލެތްމީރުކޮށްލެއްވުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން          

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމުގެ ބިލެތްމީރުކޮށްލެއްވުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް 13 ޖޫން 2023 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2023/45 އިޢުލާނާ ގުޅޭ މަޢުލޫމާތު ބަދަލުވެފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. 

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް މަޢުލޫމާތު ކަރުދާހުގަ އެދިފައިވާ މަޢުލޫމާތާއެކު އީ-މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 ޖުލައި 12 ވާ ބުދަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

16 ޛުލްޙިއްޖާ 1444

04 ޖުލައި 2023
ހޯދާ