މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 އިޢުލާން

ގއ. ވިލިނގިލީގައި ހުންނަ މިކުންފުނީގެ ސައިޓް އޮފީހަށް މިދަންނަވާ މަގާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

ޑްރައިވަރ (ހެވީ ވެހިކަލްސް)

ބޭނުންވާ އަދަދު:

02  (ދޭއް)

މުސާރަ:

-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭ ތަން:

ގއ. ވިލިގިނލީގައި ގާއިމް ކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ސައިޓުގައި ބޭނުންކުރާ ހެވީ ވެހިކަލްތަކާއި އަދި އެހެނިހެން ވެހިކަލްތައް ދުއްވުމާއި، އަދި އެތަކެތި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

- އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.

- ވެހިކަލް ދުއްވުމުގެ ހުއްދަ، ޑްރައިވިން ލައިސަންސް އޮތުން (އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ C  ކެޓެގަރީ ގައި ހިމެނޭ ވެހިކަލް ދުއްވުމުގެ ހުއްދަލިބިފައިވާ ފަރާތަކަށްވުން)

-  ހެވީ ވެހިކަލް ދުއްވަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-  ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއް ކަމުގައިވުން.

މަޤާމު:

މެޝިން އޮޕަރޭޓަރ

ބޭނުންވާ ޢަދަދު:

01  (އެކެއް)

މުސާރަ:

-/4560 (ހަތަރުހާސް ފަސް ސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭތަން:

ގއ. ވިލިގިނލީގައި ގާއިމުކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓުގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-   ސައިޓުގައި ބޭނުންކުރާ އެކިއެކި މެޝިނަރީތައް  އޮފަރޭޓުކުރުމާއި، އަދި އެތަކެތި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުތު:

- އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.

- ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބޭނުންކުރާ އެކިއެކި މެޝިނަރީސްތަށް އޮޕަރޭޓަރ ކުރުމުގެ މަސައްކަތްގެ ތަޖުރިބާ ލިބިފައިވުން

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތެއް ކަމުގައިވުން.

މަޤާމު:

ވެލްޑަރ

ބޭނުންވާ ޢަދަދު:

01  (އެކެއް)

މުސާރަ:

-/4560 (ހަތަރު ހާސް ފަސް ސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސް ސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭ ތަން:

ގއ. ވިލިގިނލީގައި ގާއިމުކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓް ގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ސައިޓްގައި ކުރަންޖެހޭ ދަގަނޑު ކެފުމާއި ވެލްޑިންގގެ މަސައްކަތް ކުރުން.

- ސައިޓުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

ދަގަނޑު ކެނޑުމާއި ވެލްޑިންގ ކުރުމުގެ މަސައްކަތްގެ ތަޖުރިބާ ލިބިފައިވުން ޞިއްޙަތު ރަނގަޅު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.

މަޤާމު:

ސެކިއުރިޓީ ގާޑް

ބޭނުންވާ ޢަދަދު:

04 (ހަތަރެއް)

މުސާރަ:

-/4080 (ހަތަރު ހާސް އައްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއް ހާސް ފަސް ސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭތަން:

ގއ. ވިލިގިނލީގައި ގާއިމުކުރެވިފައިވާ މިކޯޕަރޭޝަންގެ ސައިޓް ގައި

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-  ސައިޓް އޮފީސް ތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން

-  ޑިއުޓީ އުސޫލުން ސައިޓް އޮފީހުން އަންގާ ސަރަހައްދުތަކު ގައި ސެކިއުރިޓީ ބެލެހެއްޓުން.

-  ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދަށް ވަދެ ނިކުމެއުޅޭ ހުރިހާ ފަރާތެއްގެ ލޮގް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުޠު:

ޞިއްޙަތުރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.

ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީ އަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރު ބެލުމަށް ފަހު ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.    

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު، ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ އަދި ގުޅޭނެ ނަންބަރު އެނގޭގޮތަށް 09 ފެބްރުވަރީ 2015 (ހޯމަ) ދުވަހުގެ 15:00 ގެ ކުރިން މާލޭގައިނަމަ މިކޯޕަރޭޝަންގެ ހެޑް އޮފީހަށް އަދި ގއ. ވިލިގިނލީގައިނަމަ އެމް.އާރް.ޑީ.ސީ. ވިލިގިނލި ސައިޓް އޮފީހަށް ފޮނުއްވައިދެއްވުން އެދެމެވެ.

09 ރަބީޢުލްއާޚިރު 1436

01 ފެބުރުވަރީ 2015
ހޯދާ