ދިވެހިރާއްޖެ
ކޮންސަލްޓަންސީ ޚިދުމަތް ދިނުމަށް އެދި ހުށަހެޅުމުގެ ދަޢުވަތު
ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް
ފައިނޭންޝަލް ސެކްޓަރ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ފައިނޭންޝަލް ސެކްޓަރ ޑިވަލޮޕްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި 1 އަހަރު ދުވަހު މަސައްކަތްކުރައްވާނެ މީހަކު ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން:
- ފައިނޭންޝަލް އިންސްޓިޓިއުޝަންތައް ތަރައްޤީކުރުމާއި އަދި ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓާއި ގުޅުންހުރި ދާއިރާ ތަރައްޤީކުރުމަށް މަސައްކަތް ކުރުން.
- ސްޓޭކްހޯލްޑަރުންނާ ބާއްވަންޖެހޭ ގުޅުން ހަރުދަނާކޮށް، ޓީމެއްގެ ގޮތުގައި އެއް ލަނޑުދަނޑިއެއް ހާސިލުކުރުމަށް މަސައްކަތް ކުރުން.
ޝަރުޠު ހަމަވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ސިޓީ އާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މަތީގައި ދެންނެވިފައިވާ ޝަރުޠުތައް ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު (ގުޅުންހުރި ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި، މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުން)
- ލިބިފައިވާ ތަޢުލީމީ ސާރޓިފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސާރޓިފިކެޓް ކޮޕީ) އަދި ޓްރާންސްކްރިޕްޓް. ސެޓިފިކެޓް ލިބިފައިނުވާނަމަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާ އެސެސްމަންޓް ރިޕޯޓު.
- އެ މުވައްޒަފަކު މިހާރު އަދާކުރާ އޮފީސް ނުވަތަ ވަޒީފާ އަދާކޮށްފައިވާ އޮފީހުން ދޫކުރާ ލިޔުމުގެ ކޮޕީ
ފޮނުވާނީ:
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީ މަގު، މާލެ، 20379، ދިވެހިރާއްޖެ
ފޯން: 3349335
އީމެއިލް: [email protected]
ސުންގަޑި: 16 ފެބުރުވަރީ 2015 (ހޯމަ) ދުވަހުގެ 14:30 ގެ ނިޔަލަށް.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރ ފޯނާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފޯނުން ގުޅައި އެކަން އެންގޭނެއެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ފައިނޭންޝަލް ސެކްޓަރ ވިލަރެސްކޮށް އިތުރަށް ތަރައްޤީ ކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުން
- ދަރަނީގެ ބާޒާރު ދިރާސާކުރުމާއި، ދަރަނީގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަތުން
- ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސް ސެންޓަރުގެ އޮނިގަނޑެއް އެކުލަވާލައި، ޤާއިމުކުރުން
- އެކި ފޭސްތަކަކަށް ބަހާލައިގެން ސްޓޭކްހޯލްޑަރުންނާއި އިންސްޓިޓިއުޝަންތަކާއި ގުޅިގެން އެކްޝަން ޕްލޭން އެކުލަވައިލުން
- ދައުލަތުގެ ފައިނޭންޝަލް ސެކްޓަރ ބެލެހެއްޓުމަށް މިނިސްޓްރީގައި ހަމަޖެހިފައިވާ އިންތިޒާމުތައް ވިލަރެސްކުރުން
ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ޤާބިލުކަން:
- މާސްޓަރސް ޑިގްރީ އިން އިކޮނޮމިކް/ޑިވެލޮޕްމަންޓް/ފައިނޭންސް ނޫނީ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލިބިފައިވުން
- ސަރުކާރު ގަބޫލުކުރާ ފައިނޭންޝަލް އިންސްޓިޓިއުޝަން ނުވަތަ ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓާ ގުޅޭ ދާއިރާއެއްގައި މަދުވެގެން ފަސް (5) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ދިވެހިރާއްޖޭގެ މާލީ ނިޒާމުގައި ދިމާވާ މައްސަލަތައް އެނަލައިޒްކުރުމުގެ ހުނަރުހުރުމާއެކު، ސާބިތުކަމާއެކު އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ހުނަރު ހުރުން
- ފައިނޭންޝަލް ސެންޓަރގައި ދިމާވާ މައްސަލަތަކަށް ބޭނުންވާ އެހީތެރިކަން، ސްޓޭކްހޯލްޑަރުންނާ ގުޅިގެން ފޯރުކޮށްދިނުން
- ފައިނޭންޝަލް ދާއިރާގެ މައްސަލަތަކާއި، ރާއްޖޭގެ އިޤްތިޞާދައް އަންނަ ބަދަލުތަކާބެހޭ ފަންނީ ޤާބިލްކަން ހުރުމާއެކު އެންމެ ފަހުގެ އިޤްތިޞާދީ އޮއިވަރު އެނގުން.
- ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުން
މަސައްކަތުގެ އުޖޫރަ:
- މި މަސައްކަތައް ކަނޑައެޅިފައި ވަނީ މަހަކު 35،000.00 ރުފިޔާއެވެ.
އެއްބަސްވުމުގެ މުއްދަތު:
- މި މަޤާމަށް ހޮވޭ ފަރާތަކާއި މި މިނިސްޓްރީއާ ދެމެދު 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުއްދަތު ހަމަވުމުން މަސައްކަތައް ބެލުމަށްފަހު މިނިސްޓްރީން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.