ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންގެ ވޯކިން ޔުނީފޯމް ފަހައި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުން ވާތީ މިމަަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 16 ޖުލައި 2023 އާދީއްތަ ދުވަހުގެ 13:00ގެ ކުރިން ރަސްމީ ގަޑީގައި [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ މިސްކޫލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ޕްރީބިޑް މީޓިންގ |
16 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:00 |
ހުވަދޫ ސްކޫލް އިދާރާ |
ބީލަން ހުށަހެޅުން |
23 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 14:00 |
ނޯޓް: އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ފޮނުވާފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ..އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983085 ނަންބަރ ފޯނާއެވެ.