ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
1. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެދިލެއްވުމުގެ މަތިން، ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ ކައުންސިލް އިދާރާގެ އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ތަފުސީލު |
ޕްރޮޖެކްޓް ނަންބަރު |
ބިޑް ސެކިޔުރިޓީ |
1. ދ. މީދޫ ކައުންސިލް އިދާރާ އިމާރާތްކުރުން |
TES/2015/W-15 |
-/35,000ރ |
2. 1 އެޕްރީލް 2014 އިން ފެށިގެން މިމިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01-1, 2GC01- ، 3GC01-، 4GC01- އަދި GC01-5 އަކަށް ޝަރުޠު ހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.
3. ބިޑްސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
4. ބީލަންފޮތަށް ފައިސާ ބަލައިގަތުން އޮންނާނީ 8 ފެބުރުވަރީ 2015 އިން ފެށިގެން 17 ފެބުރުވަރީ 2015އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:30 އަށް މި މިނިސްޓްރީންނެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފައްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
5. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 18 ފެބުރުވަރީ 2015ވާ ބުދަ ދުވަހުގެ 11:00ގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަނުގެ ޖަލްސާކުރާ މާލަމުގައެވެ.
6. ބިޑް ހުޅުވުން އޮންނާނީ 2 މާރިޗު 2015ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ، ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުންގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.