ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓަރީއެއް ހޯދުމާބެހޭ

ރަޖިސްޓަރީއެއް ހޯދުމާބެހޭ

                   ޅ. ހިންނަވަރު ރޯޝަނީގެ ތަރިކައިގެ މައްސަލަ ނިމިފައިވާ ގޮތަށް ރަޖިސްޓަރީ ހެއްދުމަށް އެދި މިގޯތީގެ ހިއްސާދާރެއްކަމަށްވާ ހިޔާ ފްލެޓް H-5-19-11  މަރްޔަމް ޔުމްނާ މޫސާ 21 ސެޕްޓެމްބަރ 2022 ގައި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

           ވީމާ ޅ. ހިންނަވަރު ރޯޝަނީގެ ޢަބްދުއްރަޙްމާނު މޫސާއާއި ސަންފާ މޫސާގެ ނަމުގައި، ޅ. ހިންނަވަރު ރޯޝަނީގެ ކިޔާ ގޯއްޗަށް 23 ޖޫން 1996 ގައި ހަދާދީފައިވާ ނަންބަރު 156ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އޮތް ފަރާތަކުން  06 ޖުލައި 2023 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން  ރަޖިސްޓަރީ  މިއިދާރާއަށް ފޮނުއްވައި ދެއްވުމަށް ދެންނެވީމެވެ.

           އަދި ދަންނަވަމެވެ.  މަތީގައި ދަންނަވާފައިވާ ތާރީޚަށް އެރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ނުވާނަމަ، ނުވަތަ އެރަޖިސްޓަރީ މި އިދާރާއަށް ނުގެނެސްފިނަމަ އެރަޖިސްޓަރީ ބާތިލުކުރުމަށްފަހު މިހާރު ރޯޝަނީގޭ މިލްކުވެފައިވާ ފަރާތްތަކުގެ ނަމުގައި ރަޖިސްޓަރީ ހެއްދޭނެކަން އާއްމުކޮށް އެންގުމަށްޓަކާ ޢިއުލާން ކުރީމެވެ.  

15 ޛުލްހިއްޖާ  1444

03   ޖުލައި  2023

03 ޖުލައި 2023
ހޯދާ