ދިވެހިރާއްޖެ
އިޢުލާން |
|||
އަންދާސީ ހިސާބު ބޭނުންވެއްޖެ: މި އޭޖެންސީގެ ދަށުން ގދ. ތިނަދޫގައި ޤާއިމުކުރެވިފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 03 ޖޫން 2023 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL434-PRC/434/2023/146 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލް ކުރުމަށްފަހު، ގދ. ތިނަދޫގައި ޤާއިމުކުރެވިފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ކޭޓަރިންގ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ޖުލައި 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 09 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
|||
|
ތާރީޚް |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށަހެޅުން |
10 ޖުލައި 2023 (ހޯމަ) |
09:00 (މެންދުރުކުރި) |
- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (ސީޓްރެކްސް ބިލްޑިންގ / ދެވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ) ނުވަތަ - ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ / ގދ. ތިނަދޫ |