މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ، ކެނދިކުޅު އަވަށު ޤަބުރުސްތާނު ވަށާފާރު ރޭނުން

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ގަބުރުސްތާނު ވަށާފާރު، ދީފައިވާ ކުރެހުމާއި ސްޕެސިފިކޭޝަނާއި އެއްގޮތަށް ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިއިޢުލާނަށް ބީލަން ހުށަހެޅޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

 

ނަން ނޯޓް ކުރުން / ރަޖިސްޓްރޭޝަން

  • ބިޑުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން،  06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކުގައި ތައްޔާރުކުރެވިފައިވާ ގޫގުލް ފޯމް ފުރިހަމަ ކުރަންވާނެއެވެ.  ބިޑުގައި ރަޖިސްޓަރީވާ ފަރާތްތައް ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބިޑު ހުށައެއްނޭޅޭނެއެވެ.
  • https://forms.office.com/r/N7i3rRRFu6

 

ޕްރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  • މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން  06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި،  ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ.
  • ބީލަން ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުމަކީ ލާޒިމު ކަމެކެވެ.
  • ރަޖީސްޓްރީވުމަށްފަހު، މަޢުލޫމާތު ސާފުކުރަން ޙާޟިރު ނުވެވޭ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވަންވާނެއެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ނަންބަރު)  އިނގޭނެ ގޮތަށް ސިޓީއެއް ގެންނަވާނެއެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބީލަން ހުޅުވުން އޮންނާނީ 12 ޖުލައި 2023 ވާ ބުދަ ދުވަހުގެ 11:00 ގައި ނ. ކެނދިކުޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހެޅިފަރާތުގެ މަޢުލޫމާތާއި ޕްރޮޖެކްޓް ނަމާއި އިޢުލާނު ނަންބަރު ލިޔަންވާނެއެވެ.
  • އީމެއިލް މެދުވެރިކޮށްވެސް ބީލަން ހުށަހެޅޭނެއެވެ. މިގޮތުން ފޮނުވާ އީމެއިލް ތަކުގެ ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހިފައި ހުންނަންވާނެއެވެ. މެއިލް ކުރާނީ [email protected] އަށެވެ.
  • ނަންނޯޓު ނުކުރާ ނުވަތަ ރެޖިސްޓްރޭޝަން ފުރިހަމަނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަން އަދި އީމެއިލްވެސް ބަލައެއް ނުގަނެވޭނެއެވެ.

މާކްސް ދިނުން

  • ބިމުގެ ކުލީގެ ގޮތުގައި ހުށަހަޅާ އަގަށް %70(ހަތްދިހަ ޕަސަންޓް)
  • މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތަށް 20% (ވިހި ޕަސަންޓް)
  • މަސައްކަތާއި ގުޅުންހުރި ދާއިރާގެ ތަޖުރިބާއަށް (ދިހަ ޕަސަންޓް)

 

އިތުރު މަޢުލޫމާތު:

  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ  އަދި ހުށަހަޅާފައިވާ ބިޑުތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާޠިލުކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

-          ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

-          ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ،

-          ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި)

-          އީމެއިލް: [email protected]

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

14   ޛުލްޙިއްޖާ  1444

02    ޖުލައި   2023

02 ޖުލައި 2023
ހޯދާ