މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް އޮޓޮމެޓިކް ސްލައިޑިންގ ޑޯރ ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް.

އިޢުލާން

ޕްރޮޖެކްޓް ނަންބަރު:  PC-942023W-25

އަންދާސީ ހިސާބު ބޭނުންވެއްޖެ

  1. މޯލްޑިވްސް އިމިގްރޭޝަންގެ ބޭނުމަށް އޮޓޮމެޓިކް ސްލައިޑިންގ ޑޯރ ސިސްޓަމެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު (IUL)94-Q/94/2023/22 އިޢުލާނުގައި ހިމެނިފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މި ދެންނެވި އިޢުލާނު ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
  2. މިޕްރޮޖެކްޓަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހުޅުމާލެ ފޭސް 2 (Temp 230) މޯލްޑިވްސް އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  3. ބީލަން ހުށައެޅުން އޮންނާނީ 23 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ 13:00:00އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.  
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން،

މޯލްޑިވްސް އިމިގްރޭޝަން،

ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،

އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން    : +960 3330476, +960 3330470

އީމެއިލް  : [email protected]

ކޮޕީ     : [email protected]

 

02 ޖުލައި 2023
ހޯދާ