ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށާއި ހދ.އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރތަކަށް ބޭނުންވާ އެއަރކޮންޑިޝަންތައް ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)KRH/MS/2014/39) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލު ކޮށްފީމެވެ.
ވީމާ، އެއަރކޮންޑިޝަން ވިއްކަވަން ޝައުޤުވެރިވެވަޑައިގަންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި މިނިސްޓްރީ އޮފް ހެލްތަށް ނުވަތަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން
9 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް
- އަގު ހުށަހެޅުން
16 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް
މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
13 ރަބީޢުލްއާޚިރު 1436