ދިވެހިރާއްޖެ
- ސްކޫލްގައި ފެންހޮޅި އެޅުމާއި ގުޅޭ:
މި ސްކޫލުގައި ފެންހޮޅިއަޅައި ގުޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2023 ޖުލައި 10 ވާ ހޯމަ ދުވަހުގެ 10:30 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޖުލައި 12 ވާ ބުދަ ދުވަހުގެ 10:30 ގައި މި ސްކޫލްގެ އޮފީހުގައެވެ. ވިޔަފާރި ރަޖިސްޓްރީނެތް ފަރާތަކުން މަޢުލޫމާތު ސާފްކޮށް ބިޑް ހުށަހެޅުމަށްފަހު، ބިޑް އެފަރާތަކަށް އެވޯޑް ކުރެވިއްޖެނަމަ 1 މަސްދުވަހުގެ ތެރޭގައި ވިޔަފާރިއާއި ބެހޭ ޤާނޫނުގައިވާގޮތަށް ވިޔަފާރި ރަޖިސްޓްރީކޮށް ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ސްކޫލަށް ހުށައަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަންފަރު ސްކޫލް
ހަވީރީ ހިނގުން، ހދ. ނޮޅިވަރަންފަރު، ދިވެހިރާއްޖެ.
ފޯން: 6520535
އީ-މެއިލް: [email protected]