ދިވެހިރާއްޖެ
ޢިއުލާން
މިއޮފީހުގައި ހުރި ބާއުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން
މި އޮފީހުގައި ބާއުވެ ހަލާކުވަފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.
ނީލަން ކިޔުން |
09 ޖުލައި 2023 ވާ އާދިއްތަ ދުވަހު |
10:00 ހެނދުނު |
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން. |
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލުމާތާއި، ނީލަން ފެށޭ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެ ކޮޕީއެއް ހިއްޕަވައިގެން މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާއި އެއްގޮތައް ގަޑިއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ.
ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ތަކެއްޗާއި ހަވާލުވުމަށް ވަޑައިގެން ދެއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3018300 ނަންބަރާ ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.