މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ދޯނީގެ އިންޖީނުގެ ގިއަރބޮކްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

އެމް.އެން.ޑީ.އެފް. ގައި ބޭނުންކުރާ ދޯނީގެ އިންޖީނުގެ ގިއަރބޮކްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން އެދޭ ފަރާތްތަކުން 09 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 12 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)28-FA-1/1/2015/10) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

11 ރަބީޢުލްއާޚިރު 1436

01 ފެބުރުވަރީ 2015
ހޯދާ