މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮޑިޓަރ

ވަޒީފާގެ ފުރުޞަތު

މިއޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:         އެސިސްޓެންޓް އޮޑިޓަރ

ބޭނުންވާ ޢަދަދު:   1

މުސާރަ:       -/10,000ރ

އެލަވަންސް:    ނޮންޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 3،500.00ރ އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެ ގޮތުގައި -/50ރ މިއޮފީހުގެ ބޯޑުން ނިންމަވާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ. 

ފެންވަރު ނުވަތަ ޝަރުޠު:

  1. އޮޑިޓިންގ، އެކައުންޓިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ނުވަތަ ބެޗެލަރސް ޑިގްރީ ފެންވަރުގެ ޕްރޮފެޝަނަލް ސަރޓިފިކޭޝަނެއް ހާސިލުކޮށްފައިވުން.
  2. ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. އޮޑިޓް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  3. އޮފީސް އެޕްލިކޭޝަން ސޮފްޓްވެއަރ އަދި އެކައުންޓިންގ/އޮޑިޓިންގ މަސައްކަތްތަކުގައި ޢާންމުކޮށް ބޭނުންކުރެވޭ ސޮފްޓްވެއަރ ރަނގަޅަށް ބޭނުންކުރަން އެނގުން.
  4. ދިވެހި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ސިޓީ، އީމެއިލް ނުވަތަ ފެކްސް އަކުން އައި.ޑީ. ކާޑުގެ ކޮޕީ، ސީ.ވީ.، އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމެއް ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. މިމަޤާމުގެ ވަޒީފާ ބަޔާން މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3309908 (އެކްސްޓެންޝަން: 134، 335)

ފެކްސް: 3307759

އީމެއިލް: [email protected]

05 ފެބުރުވަރީ 2015
ހޯދާ