ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)އާ ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާޢަތް ތަރައްޤީ ކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކޮށްފައިވާ ކޮންސަލްޓަންސީ މަޤާމަށް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީން ހުޅުވާލަމެވެ.
މަޤާމް: |
އެގްރިކަލްޗަރ ފީލްޑް އޮފިސަރ |
މުއްދަތު: |
ކޮންޓްރެކްޓް (1 އަހަރު) މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކެޓް އާކުރެވޭނެ |
ބޭނުންވާ ޢަދަދު: |
2 |
މުސާރާ: |
12،000.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: |
ހއ، ހދ އަދި ށ އަތޮޅުގެ ޕްރޮޖެކްޓްގެ މަސައްކަތް ހިންގާ ރަށްތަކުގައި |
މަޤާމުގެ ޝަރުތު:
|
އޯލެވެލް ނިންމާފައިވުމާއި އެކު 2 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން |
ވީމާ، މިވަޒީފާއަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިންޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން، މި މަސައްކަތް ކުރުމަށް ބޭނުންވާ ކޮލިފިކޭޝަން (ފެންވަރު) އާއި ތަޖުރިބާ ހުރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.
މިވަޒީފާއަށް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "އިންޑިވިޖުއަލް ކޮންސަލްޓަންޓް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.
ޝޯޓްލިސްޓްކުރެވޭ ކްރިޓީރިއާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ޓެމްޕްލޭޓްގެ އެނެކްސް 1 ގައި ހިމަނާފައި ވާނެއެވެ. މިމަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރާ އިންޓަރވިއު އަށް ބެލުމަށްފަހުއެވެ.
"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ބޭނުންފުޅުވާނަމަ، އެކަމެއް 26 ޖޫން 2023 ވަނަ ދުވަހުގެ ހެނދު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަން ވާނެއެވެ. މިގޮތުން ފޮނުވާ ކްލެރިފިކޭޝަން ރިކުއެސްޓްތަކަށް 1 ޖުލައި 2023 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 6 ޖުލައި 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ސީވީ ފޮނުވައިގެންނެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގ، ފަރީދީމަގު
މާލެ، ދިވެހިރާއްޖެ
ފޯން: 3033410
އީމެއިލް: [email protected] [email protected] cc
4 ޛުލްޙިއްޖާ 1444
22 ޖޫން 2023