ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
2023 ޖުލައި 28 ވާ ހުކުރު ދުވަހުގެ ރޭ މި އޮފީހުން ބާއްވާ ރަސްމިއްޔާތަކަށް ބިލެތްމީރުކޮށްލެއްވުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

2023 ޖުލައި 28 ވާ ހުކުރު ދުވަހުގެ ރޭ މި އޮފީހުން ބާއްވާ ރަސްމިއްޔާތަކަށް ބިލެތްމީރުކޮށްލެއްވުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން 

މި އަހަރުގެ ޖުލައި 28 ވާ ހުކުރު ދުވަހުގެ ރޭ މި އޮފީހުން ބައްވާ ރަސްމިއްޔާތަކަށް ބިލެތްމީރުކޮށްލެއްވުން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް 18 ޖޫން 2023 ގައި ކުރި، ، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2023/46 ގުޅިގެން، އަންދާސީހިސާބު ހުށަހަޅުއްވާފައި ވަނީ  ދެ ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. 

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް، 2023 ޖުލައި 3 ވާ ހޯމަ  ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް މަޢުލޫމާތު ކަރުދާހުގައި އެދިފައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2023 ޖުލައި 3 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2023 ޖުލައި 9 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

 4 ޛުލްޙިއްޖާ 1444

22 ޖޫން 2023
ހޯދާ