ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ފުވައްމުލަކު އަތޮޅުކައުންސިލްގެ އިދާރައަށް ބޭނުންވާ ދިދަދަނޑިއާއި ދިދަދަނޑީގެ ބުޑު އަދި ބުޑުގެ ކަވަރު ހެދުމާއި ޕޯޑިއަމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރާއިން ދައްކާ ނަމޫނާއާއި ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ދިދަދަނޑިއާއި ދިދަދަނޑީގެ ބުޑު އަދި ބުޑުގެ ކަވަރު ހެދުމާއި ޕޯޑިއަމެއް ހެދުމުގެ މަސައްކަތްތައް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަންޖެހޭ ތާރީޚާއި ގަޑި އަދި މަޢުލޫމާތު ސާފުކުރަންޖެހޭތަން ތިރީގައި މިވަނީއެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
މަޢުލޫމާތު ސާފުކުރުމާއި ބަލައިގަތުން |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
12 ފެބުރުވަރީ 2015 |
ބުރާސްފަތިދުވަސް |
އަތޮޅުގެ މީޓިންގރޫމް |
14:00 |
އަންދާސީހިސާބު ބަލައިގަތުން |
17 ފެބުރުވަރީ 2015 |
އަންގާރަދުވަސް |
އަތޮޅުގެ މީޓިންގރޫމް |
14:00 |
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ ނަންބަރު 6865001 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.
11 ރަބީޢުލްއާޚިރު 1436