ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީއެހީގެ ގޮތުގައި ތަޢާރަފްކުރެވުނު އައު އިނާޔަތްތަކާ ގުޅޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީއެހީގެ ގޮތުގައި ތަޢާރަފްކުރެވުނު އައު އިނާޔަތްތަކާ ގުޅޭ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް  ދެވޭ މާލީ އެހީއަށް ގެނެވުނު ބަދަލާގުޅިގެން މި އެޖެންސީއަށް ލިބޭ މަޢުލޫމާތައް ރިޢާޔަތްކޮށް މި އެލަވަންސްތަކަށް ޝަރުތުހަމަވާ އިތުރު ފަރާތްތައް ކަށަވަރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް NDR ޕޯޓަލް (ndr.nspa.gov.mv) މެދުވެރިކޮށް މި އެލަވަންސްތަކާ ގުޅޭގޮތުން މަޢުލޫމާތު އަދާހަމަކުރެއްވުމަށް، ޕޯޓަލްއަށް ލޮގިން ކުރެއްވުމަށްފަހު، "PWD Condition Form" ފުރުއްވައިގެން ފަސޭހައިން މަޢުލޫމާތު އަދާހަމަކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މި އެލަވަންސްއަށް ޝަރުތުހަމަވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލް އިދާރާތަކާ ގުޅިގެން މި އެޖެންސީއިން މިދަނީ ކުރަމުންނެވެ.

މިގޮތުން އެޖެންސީއަށް މަޢުލޫމާތު ކަށަވަރުކުރެވޭ ފަރާތްތަކުގެ ތެރެއިން އިތުރު އެލަވަންސްއަށް ޝަރުތުހަމަވާކަމަށް ފާހަގަކުރެވޭ އައު ފަރާތްތަކަށް ޖުލައި 2023 ގައި ޖަމާކުރެވޭ އެލަވަންސްއާއެކު ޖޫން 2023 ގެ އެލަވަންސްވެސް ޖަމާކުރެވޭނެކަމުގައި ދަންނަވަމަވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެ މާލީ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އޮކްޓޯބަރު 2023 ގެ ނިޔަލަށް މަޢުލޫމާތު އަދާހަމަކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ޖޫން 2023 އިން ފެށިގެން ފައިސާގެ އެހީ ހަމަޖައްސާދެވޭނެކަމުގައިވެސް ދަންނަވަމެވެ.

މި ބަދަލާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ، މި އެޖެންސީގެ ހޮޓްލައިން 1402 އަށް ރަސްމީ ބަންދުނޫން ދުވަސްތަކުގައި 08:00 ން 14:00 އަށް ގުޅުއްވުމަށް ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

22 ޖޫން 2023
ހޯދާ