ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކެޕިޓަލް މާރކެޓް އެންޑް ކޯޕަރޭޓް ގަވަރނަންސް އިންސްޓިޓިއުޓް އިން ބާއްވާ އިމްތިހާނުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

ކެޕިޓަލް މާރކެޓް އެންޑް ކޯޕަރޭޓް ގަވަރނަންސް އިންސްޓިޓިއުޓް އިން ބާއްވާ އިމްތިޙާނުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ކެޕިޓަލް މާރކެޓްގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމަށް އަމާޒުކޮށް ތިރީގައި މިވާ އިމްތިޙާންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނުތަކަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކެޕިޓަލް މާރކެޓް އެންޑް ކޯޕަރޭޓް ގަވަރނަންސް އިންސްޓިޓިއުޓްއިން ރާވައި ކުރިއަށް ގެންދާ އިމްތިޙާނުުތަކެކެވެ.

  1. އިންވެސްޓްމަންޓް އެޑްވައިޒަރ އެގްޒަމިނޭޝަން.
  2. ޑީލަރސް ރެޕްރެޒެންޓެޓިވް އެގްޒަމިނޭޝަން
  3. ޝަރީޢާ އެޑްވައިޒަރ އެގްޒަމިނޭޝަން
  4. ޕްރިންސިޕަލް އެޑްވައިޒަރސް އެގްޒަމިނޭޝަން

މި އިމްތިޙާނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، އެ އިމްތިޙާނެއް ހެދުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށެވެ. އަދި އިމްތިޙާނުގައި އިށީނުމަށް ކަނޑައެޅިފައިވާ ޝަރުޠުތަކާއި އަދި އިމްތިޙާނުގައި ބައިވެރިވުމަށް ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު މިއޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެވެ. (http://cmda.gov.mv/education-and-training/examination-schedule/ )

17 ފެބުރުވަރީ 2015 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންވެސްޓްމަންޓް އެޑްވައިޒަރ" އެގްޒަމިނޭޝަން ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  10 ފެބްރުވަރީ 2015ގެ ކުރިން، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މިއޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިއިމްތިޙާނުތަކާގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ 3014103/3014112 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

06 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ