ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެންގުވުމާއެކު މި ކޯޕަރޭޝަނުން ހިންގަމުންދާ "އެސްއެމްއީ ހަބް"ގެ ދެވަނަ ފަންގިފިލާއިން ގާމަންޓް، އާޓްސް އެންޑް ކްރާފްޓްސް އަދި އެކްސެސަރީސް ވިއްކާ ވިޔަފާރިތަކަށް ޚާއްސަކޮށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލަމެވެ. މި ކޯޕަރޭޝަނުން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.
މި ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު ހިމަނައިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމުތައް ބަލައިގަންނާނީ ހަމައެކަނި އީމެއިލް މެދުވެރިކޮށެވެ. ބީސީސީއިން އެޕްލިކޭޝަން ފޯމު ބަލައިގަތުމަށްފަހު، ފޯމް ހުށަހެޅިފަރާތަށް އީމެއިލް މެދުވެރިކޮށް އަންގާނެއެވެ.
ކިއޮސްކު ކުއްޔަށް ދޫކުރާ އަގުތަކާއި، އެހެނިހެން މައުލޫމާތު މި އިޢުލާނާއިއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހުން، ނުވަތަ 3305555 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ފޯމު ހުށަހެޅުމުގެ ސުން ގަޑިއަކީ 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 އާ ހަމައަށެވެ.