ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް" ގެ ދަށުން، 1 މޭ 2023 ގައި ތަންފީޒުކޮށްފައިވާ ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޯދުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އާންމުކުރުން

ޤާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް" ގެ ދަށުން އެކުލަވާލާފައިވާ ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 އާންމުކުރީމެވެ.

ވީމާ، 2023 ޖޫން 21 ވަނަ ދުވަހުން ފެށިގެން އިޢުލާންކުރެވޭ ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމަކަށް މީހުން އައްޔަންކުރުމުގެ މަރުޙަލާތައް މި އުޞޫލާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ. އަދި މި ކޮމިޝަނުގެ ނަންބަރު  188ODS/CIR/2023/45 (8 ޖޫން 2023) ސަރކިއުލަރ ނޯޓާ ގުޅިގެން ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ ތެރެއިން އިޢުލާންކޮށް މިއަދާ ހަމަޔަށް ސްކްރީނިންގ މަރުޙަލާ ކުރިޔަށް ގެންގޮސްފައި ނުވާ މަޤާމުތަކަށް މީހުން ހަމަޖެއްސުމުގެ ހުރިހާ މަރުހަލާއެއް މި އުޞޫލުގެ ތެރެއިން ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ.

21 ޖޫން 2023
ހޯދާ