ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

އިޢުލާނު 

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން           

މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2023/43 އިޢުލާނުގައިވާ ގޮތުގެމަތިން، 2023 ޖޫން 21 ވަނަ ދުވަހު ބޭއްވި ނީލަމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ މިތަކެތި އަލުން ނީލަން ކިޔުން އަމީނީ މަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގައި  2023 ޖުލައި 6 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މިދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.  

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2023 ޖުލައި 5 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2023 ޖުލައި 6 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 ޖޫން 2023

21 ޖޫން 2023
ހޯދާ