ދިވެހިރާއްޖެ
އިޢުލާން
(IUL)CHSE-SMT/1/2015/4 (29 ޖަނަވަރީ 2015) ގެ އިޢުލާން ކެންސަލް ކުރުމަށްފަހު (IUL)CHSE-SMT/1/2015/5 އަލުން އިޢުލާން ކުރީމެވެ.
2015 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
1- މޭ 2013 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމުލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހިބަސް ނުވަތަ އިސްލާމިކް ސްޓަޑީޒާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
- ސްޓްރީމް މާއްދާތައް ބެލުމުގައި ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގ، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސް.
- ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސް.
- އާޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީ. އާޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.
2- އަޚުލާޤު ރަނގަޅު ކުއްޖެއް ކަމުގައިވުން. ކުދީން ވެއްދުމުގައި ބަލާނީ ސްކޫލް ލީވިންގ ސެޓްފިކެޓްގައިވާ ދަރިވަރުގެ އަޚުލާޤާ ބެހޭ ބައިގައިވާ މަޢުލޫމަތަށާއި، މިސެންޓަރުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދޭ އަޚުލާޤީ ރިޕޯޓުތަކުގެ މައްޗަށެވެ.
3- 2015 ވަނަ އަހަރުގެ ޖޫންމަހުގެ 1 އަށް 19 އަހަރު ފުރިފައިނުވުން.
4- ކައިވެންޏެއް ކޮށްފައިނުވުން.
5- މީގެ ކުރިން މަތީ ސާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ނުވުން.
މިސެންޓަރަށް ވަންނަ ދަރިވަރުންނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް ކަނޑައަޅުއްވާފައިވާ ގަވާއިދުތަކާއި މިސެންޓަރުގެ ގަވާއިދުތަކަށް ކިޔަމަންވާ، މިސެންޓަރުގެ ޓައިމްޓޭބަލާ އެއްގޮތަށް ކްލާސްތަކަށް ހާޒިރުވަމުންދާ އެމަހެއްގެ ހާޒިރީ %80 އަށްވުރެ ދަށްނުވާ ދަރިވަރެއްކަމުގައި ވާންވާނެއެވެ. (މިސެންޓަރުން ކަނޑައަޅާފައިވާ ގަވާއިދުތަކަށް ބަދަލުގެނައުމުގެ އިޚުތިޔާރު، ކޮންމެ ވަގުތަކުވެސް މިސެންޓަރަށް ލިބިގެން ވެއެވެ.)
މިސެންޓަރުން މިއަހަރު ޖާގަދެވޭނީ ގިނަވެގެން 550 ދަރިވަރުންނަށެވެ. 550 ކުދިންނަށްވުރެ އިތުރަށް ޝަރުޠު ފުރިހަމަވާ ކުދިން ވަންނަން އެދި ފޯމު ހުށަހަޅާފައިވާނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެއެވެ. މިނަތީޖާ ކަނޑައެޅުމުގައި ބެލެވޭނީ "އޯލެވަލް ނެޝަނަލް ޓޮޕްޓެން" އަށް ހޮވުމުގައި ބޭނުންކުރެވޭ މިންގަނޑެވެ.
2015 ވަނަ އަހަރު ސީ.އެޗް.އެސް.އީ އަށް ކުދިން ވެއްދުމަށް އެދޭފޯމު ދޫކުރާނީ 08 ފެބުރުވަރީ 2015 އިން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 ން 14.30 އަށެވެ. މި މުއްދަތުގައި އެޕްލިކޭޝަން ފޯމު މިސެންޓަރުގެ ވެބްސައިޓުން (www.chse.edu.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1) ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ އެޓެސްޓަޑް ކޮޕީ.
2) ސްކޫލް ލީވިންގް ސެޓްފިކެޓްގެ އެޓެސްޓެޑް ކޮޕީ.
3) ނޭޝަނަލް އައިޑީ ކާޑުގެ ކޮޕީ.
އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 05 މާރިޗު 2015 ގެ 14.30 ގެ ނިޔަލަށެވެ. އަދި 05 މާރިޗު 2015 ގެ 14.30 ގެ ނިޔަލަށް މިސެންޓަރުގެ ވެބްސައިޓް (www.chse.edu.mv) މެދުވެރިކޮށް އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭނެއެވެ.
މިތާރީޚާ ހަމައަށް ރީޗެކްގެ ނަތީޖާ ނުލިބި، ރީޗެކްގެ ކުރިން ޝަރުޠު ފުރިހަމަނުވާ ނަމަވެސް ރީޗެކަށްފަހު ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ކުއްޖެއްނަމަ 05 މާރިޗު 2015 ގެ ކުރިން މިސެންޓަރަށް ސިޓީއަކުން އެކަން އަންގަން ވާނެއެވެ. މިގޮތަށް ވަނުމަށް އެދި ހުށަހަޅައި ފައިވާ ކުދީންގެ ރީޗެކް ނަތީޖާ ލިބުމުން މިސެންޓަރަށް ރީޗެކް ނަތީޖާ ހުށަހަޅައި، އެޕްލިކޭޝަން ފޯމު ނަގައި ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ރީޗެކްގެ ނަތީޖާ ދޫކުރަންފަށާ ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި ހުށަހަޅަން ވާނެއެވެ.
2015 ގައި މިސެންޓަރަށް ވަދެވޭ ދަރިވަރުންގެ ލިސްޓު 18 މާރިޗު 2015 ގައި މިސެންޓަރުގެ ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ.
13 ރަބީޢުލްއާޚިރު 1436