ދިވެހިރާއްޖެ
މިރަށު ޢިޖްތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށްކުރި، މި އިދާރާގެ ނަންބަރ (IUL)394/394/2023/52 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބުގެ ހުށަހަޅައިފައި ނުވާތީ، އެ މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 06 ޖުލައި2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވި ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.
ބައްދަލުވުން |
ތާރީޙް |
ގަޑި |
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
06 ޖުލައި 2023 (ބުރާސްފަތި) |
10:30 |
އަންދާސީ ހިސާބު ހުށަހެޅުން |
09 ޖުލައި 2023 (އާދީއްތަ) |
10:30 |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.