ދިވެހިރާއްޖެ
ހއ. ކެލާ ބަނދަރަށް މުދާ އަރުވާ ބާލާ އުޅަނދު ފަހަރާއި ބަނދަރުގައި ފައްތިޔާއަޅާ އުޅަނދުފަހަރުތަށް އަމަލުކުރަން ޖެހޭގޮތުގެ ޢުޞޫލް
ތަޢާރުފާއި ނަން
މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 148 ވަނަ މާއްދާއިން ބާރު ލިބިގެން އެމާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު ތިލަދުންމަތީ އުތުރުބުރީ ކެލާ "ކަނޑުތޮށީގައާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު" ދަށުން އެކުލަވާލައިފައިވާ ޢުޞޫލެވެ.
މި އުޞޫލަށް ކިޔާނީ "ހއ. ކެލާ ބަނދަރަށް ލަފާ ފުރާ އުޅަނދުފަހަރާއި، މުދާ ބާލާ ބަރުކުރާ އުޅަނދު ފަހަރު އަދި ބަނދަރުގައި ފައްތިޔާއަޅާ އުޅަނދުފަހަރުތަށް އަމަލުކުރަން ޖެހޭގޮތުގެ ޢުޞޫލް" އެވެ.
ޢަމަލުކުރަން ފަށާ ތާރީޚު
މި ޢުޞޫލަށް ޢަމަލުކުރަން ފަށާނީ، މިޢުޞޫލް ކައުންސިލުން ފާސްކޮށް ޢާއްމުކުރާ ދުވަހުން ފެށިގެންނެވެ.
ހއ.ކެލާ ބަނދަރާއި ބަނދަރު ސަރަޙައްދާއި އުޅަނދުފަހަރު އަޅާ ސަރަޙައްދުތައް
ބަނދަރުގައި މަސްދޯނިފަހަރު އެޅުމަށާއި މުދާ އަރުވާ ބޭލުމާއި، އަރާފޭބުމާއި، ފެރީ ލަފާފުރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދެއް ކަނޑައަޅާފައި ބާއްވަން ވާނެއެވެ.
ބަނދަރަށް މުދާ ބޭލުމާއި ބަނދަރުން މުދާ ބަރުކުރުން
(ހ) |
ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާ ބަރުކުރުމަށާއި މުދާ ބޭލުމަށް، ނުވަތަ އެނޫންވެސް ބޭނުމަކު ކައުންސިލުން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަން ވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ. |
|
|
(ށ) |
މި މާއްދާގެ (ހ) ގެ ދަށުން ފީ ނުދައްކައި މުދާ ބޭލުމަށް 1-69 ފޫޓުގެ އުޅަނދު ބޭއްވޭނީ ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 48 (ސާޅީސް އަށެއް) ގަޑިއިރެވެ. |
|
|
(ނ) |
މި މާއްދާގެ (ހ) ގެ ދަށުން ފީ ނުދައްކައި މުދާ ބޭލުމަށް 70-119 ފޫޓުގެ އުޅަނދު ބޭއްވޭނީ ގިނަވެގެން 72 (ހަތްދިހަ ދެ) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށް ވެސް 72 (ހަތްދިހަ ދޭއް) ގަޑިއިރެވެ. |
|
|
(ރ) |
މި މާއްދާގެ (ހ) ގެ ދަށުން ފީ ނުދައްކައި މުދާ ބޭލުމަށް 120 ފޫޓަށް ވުރެ ދިގު އުޅަނދު ބޭއްވޭނީ ގިނަވެގެން 48 )ސާޅީސް އަށެއް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށް ވެސް 48 )ސާޅީސް އަށެއް) ގަޑިއިރެވެ. |
|
|
(ބ) |
މި މާއްދާގެ (ށ) ، (ނ) އަދި (ރ)ގައި ބަޔާންކޮށްފައިވާ ވަގުތަށް ވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުސޫލުންނެވެ. |
|
|
1. |
69 ފޫޓަށްވުރެ ކުރު އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް -/10 (ދިހަ ރުފިޔާ) ގެ މަގުންނެވެ. |
||
2. |
70 ފޫޓާއި 99 ފޫޓާ ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ ގަޑިއިރަކަށް -/15 (ފަނަރަ ރުފިޔާ) ގެ މަގުންނެވެ. |
||
3. |
100 ފޫޓަށްވުރެ ދިގު އުޅަނދުފަހަރުން ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް -/20 (ވިހި ރުފިޔާ) ގެ މަގުންނެވެ. |
||
(ޅ) |
މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު އެއުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ، ބާއްވަންވާނީ ތޮށިގަނޑުގެ ހުރަހަށެވެ. |
|
|
(ކ) |
ސިމެންތި، ހިލަ، ހިލަވެލި، ދޮންވެލި، އަކިރި، ކާޑުގެ ބާވަތްތަށް، ގަސްކާނާ، ގެރިގުއި އަދި ގިނައަދަދަކަށް ގެނެވޭ ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން އަންނަ އުޅަނދުފަހަރު މުދާ ބަރުކުރަން ނުވަތަ ބާލަން ވާނީ ބަނދަރުގެ ހުޅަގު ތޮށި ނުވަތަ މިކަމަށް ހާއްސަކުރެވިފައިވާ ސަރަހައްދަށެވެ. މިފަދަ ތަކެތި ބާލަންވާނީ ސަތަރި ނުވަތަ ތަރަފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން އެންމެ ލަސްވެގެން 4 (ހަތަރެއް) ގަޑިއިރު ތެރޭގައި އެތަން ސާފުކުރަން ވާނެއެވެ. |
|
|
(އ)
(ވ) |
މިމާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި، އުޅަނދަށް ބަރުކުރުމަށް ނުވަތަ ބޭލުމަށް ބަނދަރު ސަރަޙައްދުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ. ބަނދަރަށް ބާލާ ހުރިހާ ބާވަތެއްގެ މުދާވެސް 24 (ސައްވީސް) ގަޑިއިރުތެރޭ ގެންގޮސް ނިންމަންވާނެއެވެ |
|
|
ބަނދަރަށް ފައްތިޔާ ދޫކުރުން
(ހ) |
ބަނދަރަކީ އާންމުކޮށް ހުރިހާ ފަރާތަކަށް ހުޅުވާލެވިގެންދެވޭ ޚިދުމަތަކަށްވުމުން އެއްވެސް އުޅަނދަކަށް ބަނދަރުގެ މުދާބޭލުމަށް ކައުންސިލްގެ ފަރާތުން ކަނޑައަޅާފައިވާ ސަރަޙައްދުގައި ވަކި ދިމާލެއް ވަކި އުޅަނދަކަށް ޚާއްޞަކުރެވިފައި ނުބޭއްވޭނެއެވެ. |
(ށ) |
މިމާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޮންމެ ބަނދަރެއްގައިވެސް ބަނދަރުގެ ޖާގައޮތް މިންވަރަކަށް ރިޢާޔަތްކޮށް ކައުންސިލްގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަޙައްދެއް ވަކި އުޅަނދަކަށް ޚާއްސަ ކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދައާއި ދާއިމީ ހުއްދަ ދިނުމާއި ފައްތިޔާ ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ލިބިގެންވެއެވެ. މިގޮތުން ވަގުތީ ނުވަތަ ދާއިމީ ނުވަތަ ފައްތިޔާ ދޫކުރެވޭނީ އަންނަނިވި ގޮތަށެވެ.
|