ދިވެހިރާއްޖެ
ގދ.ގައްދޫ އިން ބޮންޑެޑް ވެއަރ ހައުސްއަށް ބިން ކުއްޔަށްދިނުން
މިއީ، ގދ.ގައްދޫ އުރީދޫ އެންޓަނާ ކުރިމަތީ ވަތަބަނޑޭރި މަގުގެ ހުޅަނގު އުތުރު ސަރަޙައްދުގެ އޮތް ކައުންސިލްގެ 19 ވަނަ ނަންބަރުގެ ހުސްބިމުން 5000 (ފަސްހާސް) އަކަފޫޓްގެ ބިން ބޮންޑެޑް ވެއަރ ހައުސްއެށް ބިނާ ކުރުމަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، މިބިމުގައި ބޮންޑެޑް ވެއަރ ހައުސްއެށް ތަރައްޤީ ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
1 އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް • 06 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)
2 އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
20 ޖޫން 2023