މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއަށް އެތެރެވާ ބޭހުގެ ޑާޓާއެންޓްރީއަށް ސޮފްޓްވެއަރ ޕްރޮގްރާމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޕޯޓްކޮންޓްރޯލް ޔުނިޓްތަކުން ރާއްޖެއަށް އެތެރެވާ ބޭހުގެ ޑާޓާއެންޓްރީއަށް ސޮފްޓްވެއަރ ޕްރޮގްރާމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަންބަރު IUL)182-MTG/2015/03)ފ(15 ޖަނަވަރީ 2015) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޕޯޓްކޮންޓްރޯލް ޔުނިޓްތަކުން ރާއްޖެއަށް އެތެރެވާ ބޭހުގެ ޑާޓާއެންޓްރީއަށް ސޮފްޓްވެއަރ ޕްރޮގްރާމެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ފެބުރުވަރީ 2015 ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ފެބުރުވަރީ 2015 ދުވަހުގެ ހެނދުނު 11:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

13 ރަބީޢުލްއާޚިރު 1436       

03 ފެބުރުވަރީ 2015
ހޯދާ