ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މި ސްކޫލުގެ ދަރިވަރުން އުފުލާ ބަހުގެ ޑެގު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ކޯޓޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ޖުލައި 05 ވަނަ ދުވަހުގެ 11:30 ގައި މިސްކޫލުގެ މީޓިންގ ރޫމުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.