މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާނަރުދަމާގެ މަސައްކަތަށް މަގުތަކާއި ގޯޅިތަށް ހުސްކުރުމާއި ދުއްވާތަކެއްޗަށް އުނދަގޫވާގޮތަށް ހުރި ރުއްތަކުގެ ފަންކޮށުމާއި ، ގަސްތަކުގެ ގޮފިތަށް ކޮށުން

މިރަށުގައި މިހާރު ހިނގަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުގައި ހިމެނޭ މަސައްކަތުގެ ތެރެއިން މަގުމަތީގައި ވަޅުލަންޖެހޭ ހޮޅިތައްވަޅުލުމުގެ މަސައްކަތް އަންނަ އަޟްޙާޢީދުގެ ފަހުންފެށުމަށްވަނީ ހަމަޖެހިފައެވެ. މިހާތަނަށް ފެނަކައިގެ ފަރާތުން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު މަގުމަތި ކޮނުމުގެ މަސައްކަތް ކުރަމުންދާނީ ހައިމާކުންނެވެ. އަދި ކޮންނަމުންދާ ފުންމިނަށް ބަލާއިރު ކޯރުތަކުން ކޮނެގެން ނެގޭވެލިން މަގުގެ ދެކައިރިއަށް ބައެއް ސަރަހައްދަށް  4 ނުވަތަ 5 ފޫޓު އުސްމިނުގައި ވެލިފުނިތަށް ހުރުން އެކަށީގެންވެއެވެ. އަދި ވެލިއަޅަމުންދާނީ މަގުގެ ދެކައިރިއަށް ވުމުން މަސައްކަތްކުރާ ސަރަހައްދުގައި ހުންނަ އެކިއެކި ފަރާތްތަކުގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

                              ވީމާ ، މިރަށުގެ މަގުތަކަކީ ވަރަށް ހަނިކޮށް ހެދިފައިވާ މަގުތަކަކަށްވާތީ މަގުތަކުގައި ތަކެތި ބަހައްޓައިގެން މިމަސައްކަތް ކުރިއަށްނުގެންދެވޭނެ ކަމަށް ކައުންސިލަށާއި ރައްޔިތުންނަށް ފެނަކައިގެ އޮފިސަލުންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާތީ ފެނާއި ނަރުދަމާގެ ހޮޅިތަށް މަގުތަކުގައި ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދިމަށްޓަކައި ،  މިހާރު މިރަށުގެ މަގުތަކުގައާއި ގޯޅިތަކުގައި ބަހައްޓާފައިވާ ހުރިހާ ތަކެއްޗެއް ( އެކި ގޮތްގޮތަށް އިންދާ ހައްދާފައިވާ ގަސްތަކާއި ، އަޅާފައިވާ ކޮށި ގަނޑުތަކާއި ،  ބަހައްޓާފައިވާ ގާފުނިތަކާއި އަދި ވެލިފުނިތައް ފަދަ ) 02 ޖުލައި 2023 ވަނަ ދުވަހުގެކުރިން  ގޯތި ތެރެއަށް ވައްދާ ނިންމެވުމަށާއި އަދި ހައިމާކު ދަތުރުކުރުމަށް އުނދަގޫވާގޮތަށް ހުންނަ ގަސްތަކުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް ކޮށާ މަގުތަށް ސާފުކުރުމަށް ދަންނަވަމެވެ. އަދި މަގުތަށް ހުސްކުރުމުގެ ގޮތުން ނެގޭ އެއްވެސް އެއްޗެއް ގޯތިންބޭރުން ރަށުގެ އެހެން އެއްވެސް ސަރަހައްދެއްގައި ބެހެއްޓުމަކީ މަނާކަމެއްކަމުގައި ހަނދާންކޮށްދެމެވެ.

                              މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

20 ޖޫން 2023
ހޯދާ